LYRICS

ލޯބިވާއޭ
ލޯބިވާއޭ! އޭ ލޯބިވާއޭ !........ (2)
(އ) އޯ! މި ވަގުތު ލޯބިން ކައިރިވެލީމާ ހިތްތެޅެނީއޭ ގާތްކޮށްލީމާ ފާޅުގާ ބެލެނީމޫނޭ!  13567
     އޯ! ލޯބީގެ ފަރުދާ ކަޝްފު ކުރީމާ ބީހިލާ ހިތްވާނޭ ހިތްދިވާނާ ވާނޭ.
        ފާޅުގާ ހިތް އަތުލީމާ މަގޭހިތް ހުޅުވާލީމޭ ހަގީގީ ލޯބިދިނީމާ ސަލާމަތް ދެން ނުވެވޭނޭ.
          ލޯބިވާއޭ! އޭ ލޯބިވާއޭ !........ (2)

(ފ) އޯ! ފުރިހަމަ ކުއްޖެއް ނެތްތިޔަނޫނީ، ހައިރާންވާހާ ރީތި ކަމެއްވޭ، ހީލުމުން މި ހިތައް ގޮތްވޭ.
      އޯ ލޯބިން އަތުގާ އަތްލެވުނީމާ އިސްޖެހީ ކީއްވީހޭ، ލޯމެރޭހެން ހީވޭ.
        ހޫނުކަންނޭވާގާވާ މިމޭގާ ފިރުމާލީމާ ހަށީގާ ލޭފިނިވާގޮއް ވަނީއޭ ހާދަގަޔާވޭ.
           ލޯބިވާއޭ! އޭ ލޯބިވާއޭ !........ (2)  

(އ) އޯ ވާށޭ އެހީތެރި މިހިތަށް ލޯބިން، ވާށެ ވަފާތެރި އުމުރަށް ލޯބިން. ހިތްއެދޭ ގޮތަކީ މީއޭ  13568
      އޯ! ތިޔަހިތް ހޯދަން ހާހުންހާހުން އަންހެން ކުދިން ދުވަނީއޭ ސިއްރުން ގޮވާހަދަނީއޭ.
        ހަޔާތުން ދެން އޮތްތާގާ ބޭނުމީ ލޯބިން އުޅުމޭ ހިޔާލީ އޮއެވަރަކުން ހިތް އެކީގާ ފޯކޮށްލީއޭ.
            ލޯބިވާއޭ! އޭ ލޯބިވާއޭ !........ (2)

 (އ) އިއްވަން މިދުލުން ބޭނުން ބަސްތައް ބައްދަލު ވެވުމުން ބޭރެއް ނުވެއޭ ރޫރޫ މޭ އަޅަނީއޭ!  13569
     އޯ! ދޭނޭ ނަމެއް ބުނެދޭށެ ތި ލޯތްބައް، ކައިރިއަށް ޖެހިލާށޭ މީހަކަށް އިވިދާނޭ!
       އެދޭގޮތް ހާސިލް ވީއޭ، ކަލާއާ ގާތް ކޮށްލީމާ އަރާމާ ލޯބި ލިބޭތީ މިހިތް ފޫހިނުވާނޭ.
           ލޯބިވާއޭ! އޭ ލޯބިވާއޭ !........ (2)  

 (ފ) ބޭނުމެއް ނޫނެ މިދެލޮލުން، ކަލާރޯތަން މަ ދެކޭކަށް އުފާވެރި ލޯތްބެއް އެކުގާ ފަށަންވީ ވަގުތު   13570  އައީއޭ

       ކަލާތީ މިހިތައް ފަރިވީ، މަލެއްކަން ގައިމެއް ނޫންހޭ ލޯބި މާބޮޑަށް ވެވޭތީ މިބަސްތައް އޮހެން                                                                ފެށީއޭ.
             ލޯބިވާއޭ! އޭ ލޯބިވާއޭ !........ (2)

(ފ) މިވަގުތު ލޯބިން ކައިރިވެލީމާ ފާޅުގާ ބެލެނީ މޫނޭ
    (އ) އޯ ލޯބީގެ ފަރުދާ ކަޝްފު ކުރީމާ އަތްލާ ހިތްވެސް ވާނޭ،
         ހިތްދިވާނާ ވާނޭ.......
          (ފ) ފާޅުގާ ހިތްއަތުލީމާ،
             (އ) މަގޭހިތް ހުޅުވާލީމޭ.
               (ފ) ހަގީގީ ލޯބި ދިނީމާ
                 (އ) ސަލާމަތް ދެން ނުވެވޭނޭ...
                      ލޯބިވާއޭ! އޭ ލޯބިވާއޭ !........ (2)

ކޮންކަހަލަ ލޮޅުމެއްހެ މިއައީ ......

ފ: ކޮންކަހަލަ ލޮޅުމެއްހެ މިއައީ ..... މުޅި ހަޔާތަށް އަދުމަގޭ.   13559  
    ކެއްނުވާފަދަ ޒަލްޒަލާއެއް، ހިތުތެރަށް އަތުވެއްޖެއޭ. 
      ލޯމިދުށް ހުވަފެންތަކާއެކު ހިތުގެ ފޮނި އުއްމީދުތައް
         ހިނދުކޮޅެއްގެތެރޭ ފެނަށްވެވި، އިންދިރާސްވެ ހިގައްޖެއޭ.

ފ: ކިހިނެއްހެދެން އަހަރެން ހަދާނީ؟
      ދެން ކޮން ޖަވާބެއް ކަލާޔަށް މަދޭނީ؟
        ޔާރާތެދޭ ބޭވަފާތެރި މަނުވަމޭ.
          އެހެނަސް ވަނީ މިއަދު މަޖްބޫރުވެފައޭ.
   
އަހަރެންގެ ހިތާމޭ ފިސްވެ ކުދިކުދި ވެއްޖެއޭ.  13560
  މަންޒަރު މިލޮލަށް އަދު ދެއްކެވީ ފަހެ ކީއްވެބާ.....
   މިތުރާގެ ތިހާލު ދެކެން މިހިތަށް ކެތްވާނެހޭ؟
    މިދެހިތް ގުޅުމަށް ތަޤުދީރު ނުރުހެނީއޭ ކީއްވެބާ!
     ތި ޙަޔާތާ މުޅި ޢުމުރަށް އަހަރެން ވަކި ވެއްޖެއޭ.
******************************************
ފ : ތިޔަހނދާން މިހިތުން ފިލީހެން ފަހެކަލާއަށް ހީވަނީހޭ؟  13561  
      ހިތްފަނާވެދިއަސް ތިލޯތްބެއް މިހިތަކުން ނުފިލާނެއޭ.....
        ތެޅިފޮޅޭވަރު ހިތްމަގޭއަދު ނޭގުނަސް ތެދެކޭ ކަލާއަށް
         ޙަސްރަތަށް ކީރިތި އިލާހީ ސިއްރު ނުމެވާނޭމެއޭ.
          އެކުގައި ވަގުތު ހޭދަ ކުރެވުނު ތަނަކީމީއޭ، ހެޔޮނުވާނޭ.
            އެހަނދާނުގައި ދިރިހުރީމޭ، ހިތުގައި ވަނީ ހަމަކަލާއޭ.

ފ: ނޭގޭ އިޙްސާސެއް މިހިތުގައި އުފެދިއްޖެއޭ.                      
    މީހަކު ތިހިތާ އަދު ގާތްވުމުން ބިރުހީވެއޭ.
      އަދިވެސް ތިއައީ މަގޭ ހައްގެއްހެން ހީވެއޭ
       އަދިވެސް ތިޔަ ނަލަ ތަސްވީރު ކުރެހިފާވޭ މިހިތުގާ
          ތިޔަ ލޯބީގައި އަދިވެސް ވިރެމުންއެބަ ހިތް ދެއޭ.
 
އިންތިހާއަށް ލޯބިވިޔަކަސް އެކަކު އަނެކަކުދެކެ ބުނަންހޭ؟  13562
  އަހަރުމެންނަށް ދެން އެލޯތްބެއް މިދުނިޔެއިން ލިބުމެއް ނެތޭ.
    ހިތްމަގޭ އެދުނަސް ތިއޯގާތެރި އަތުގެ ފިރުމުން ތަކަށް.  
       ދެން އެފަދަ އުފަލާ އަރާމެއް މިހިތަކަށް ލިބުމެއްނެތޭ.
          ނެތިދާނެ އެންމެ ބީހުމަކުން ހުރިހާ ވޭންތައް ލޯބިވާއޭ 
        އެހެނަސް ހިތަށްދެން އެކަންތައް ކުރެވެން ގަބޫލު އަދު ނެތީއޭ 
  
އަބަދުމެ ތިޔަ ލޯތްބޭ މިހިތުގައި ހިނގަމުންދަނީ  13563
   ހިތްލޯބިމިވާކަން ފަހެ ގަބޫލު ކުރާނުހޭ.
     އަހަރެންގެ ހިތާއިމެޔަށް އޭރުން ލުއިވާނެއޭ.
       ޔާރާއެތެދޭ އެވަރުން އަހަރެންނަށް ފުދިދާނެއޭ.
         ތި ހަނދާން ތަކުގައި އަހަރެންނަށް ދިރިއުޅެވޭނެއޭ.

ފ: ތީމަގޭ ލޮލުގައިވި ނޫރޭ ވިންދަކީ މިހިތުގެ ތިއީއޭ. 13564
     ތީމަގޭ މިޙަޔާތުގައިވާ ހަމައެކަނި އުއްމީދަކީ.
        ނަމަވިޔަސް ލިބިފައިވި އެއުފާ، ފޭރިގަނެފިއެ އަދުދެކޭށޭ
          ދުނިޔެ މިހިތަށް ކެހިދިނީމާ، ގައިގެވަރު ދެރަވެއްޖެއޭ.
             މިލްކެއްމަގޭ ދޫނި ތިޔައީ، ކިހިނެންހޭދެން ދިރިއުޅޭނީ 
                 ނޭވާމަގޭ ހާސްވަނީއޭ، ކަރުނުން ދެލޯ ފުރި ދަނީއޭ. 




ދެކެފީމޭ ބީވިމަންޒަރު

ދެކެފީމޭ ބީވިމަންޒަރު އެހެނަސް ހަމަ ހިތްހެވޭ  13548
  ތިޔަ ލޯތްބެއް ނުލިބުނޭ އަދު އެހެނަސް ހަމަހިތްހެވޭ 2

ދެގޮތެއް ނުވާނޭ ބުނެފައި ވީ ކީއްވެބާއޭ ވަކިވީ  13549
  އުފަލުން އެކީގާ އުޅެފާ އެއީ ކީއްވެބާއޭ ދުރުވީ
    އެގޮތެއް ނިކަން ބުނާށޭ އަހަރެން މުޅިން އެކަނިވީ
      ވަކިވާކަށް ހެޔޮނުވާނޭ ދުވަހަކުވެސް ނޭދެމޭ
        ލޯބީގާ އަދިވެސް ބޭނުމޭ އަބަދަށްވެސް އަހަރެން ހިތްހެވޭ
          ދެކެފީމޭ ބީވިމަންޒަރު އެހެނަސް ހަމަ ހިތްހެވޭ
            ތިޔަ ލޯތްބެއް ނުލިބުނޭ އަދު އެހެނަސް ހަމަހިތްހެވޭ

މަޖުބޫރު މީހެކޭމީ ހަފަރާތުގާވީ ރުއިމޭ  13550
  އަދުހާލަކީ މަގޭމީ، ތިޔަ ލޯބި އެދި އެދި ހުރުމޭ
    މަޖުނޫނުހެން މިދުނިޔޭން ތިޔަހައްގުގާ ނިމިދިއުމޭ
      ތިޔަނޫން އެހެން ހިތެއް ހަމަ އަހަރެންވެސް ނޭދެމޭ
         ލޯބީގާ އަދިވެސް ބޭނުމޭ އަބަދަށްވެސް އަހަރެން ހިތްހެވޭ
ދެކެފީމޭ ބީވިމަންޒަރު އެހެނަސް ހަމަ ހިތްހެވޭ
ތިޔަ ލޯތްބެއް ނުލިބުނޭ އަދު...............




ހިއްއަދު ރޮނީއޭ ނުދާށޭ
(ހުވަފެނުންވެސް ތިފަދަ ފަރި މޫނެއް ނުދެކެމޭ ހަމަތެދޭ،
  ހުވަދު ކޮށްފިއެ ހިތް ތިޖިސްމުގެ މީރުވަސް ޖެހުމުން ތެދޭ 
    ރީތި ފަތްމިންޏެއްތިހާ ފުރިހަމަ ދެވެނަ ނުމެވާނެއޭ
      ރީތި ފަރި ހަރަކާތް ތަކުން ހިތް މަސްތުކޮށްފިއެ މީތެދޭ.)

   ހިއްއަދު ރޮނީއޭ ނުދާށޭ، ހިތްމަރުވަނީ ނުދާށޭ. 13555 ،13551  
      ދަންވަރުތަކާ ދުއްއެ ތާޒާ މަންޒަރު ފެށީއާވާށޭ.

(ކޮންމެ ވިންދެއްގާވަނީ، ތިޔަ ލޯބި އެކުލެވިފާމެއޭ ކޮންމެ ނޭވާއެއް ލެވޭ ހިނދުވެސް ތިނަން ކިއަމުންދެއޭ،
 ހަށިގަޑާއި ފުރާނައަށް ވުރެވެސް ކަލާދެކެ ލޯބިވޭ ހަށިފަނާވެ ދިއަސްވެސް ކަލާދެކެ ލޯބިވޭ.)

         ކަރުނުންލޭ ހެދޭ ކޯރުގާ ފީނާދާންވީ ފަތާ 13556، 13552
           ގެބެނީއޭ ހިތާ ފިއް މަގޭ ފުންކަނޑުގެ ބާނީ ތެރޭ
             ރޮއިރޮއި ކުރާހާ މިއާދޭސް ހާހުން ގުނާ މިނާށޭ
                ހޫމް.....ހޫމް......

 ( ބޭނުމީ ލޯތްބައްޓަކާ މުޅިޖާނު ގުރުބާން ކޮށްލުމޭ، ބޭނުމީ މިހިތުގެ ލެއިން ލޯބީގެ ނަން އަދު ލިއެލުމޭ
 އިޝްގުގާ އަހަރެން ހަނާވެ ދިއައަސް އެކީގާ ވާނަމޭ، ޖިސްމު ރޫހާ ނެތިވެ ދިއައަސް ލޯބިއަބަދަށްވާނަމޭ )

ހެކިވާނޭ ހަނދާ ތަރިތަކާ މޫދާ އައްސޭރިއާ، ނުބަލަންހޭ އެކީގާމަށާ  13557، 13553
   ތަންތަންއެ މަސްދުން ފުރާ، ދާނޭހެ ޔާދުން ހިތާއޭ، ސީދާ ބަހުން ބުނާށޭ
     ހުމް.........ހުމް...


ތަގުދީރާ އެވީ މަތިކުރަން ވޭނާ ގުޅުނަސް މަރާ  13558، 13554
   ތަދުބީރެއްނެތީހޭވެވޭ، ފިޔަތަން އެއަނބުރާލިބޭ
      ވާނީ ފިދާވުންމަތީއޭ، ލޯތްބައްޓަކާ އަހާށޭ.....
     ހުމް.....ހުމް.....
       އޮހޮހޯ، އޯހޮހޯ.......  




ނޭދެން އުފާއަދު.......
   ނޭދެން އުފާއަދު ޔާރުނޫން، ފިނި ޝިފާއެއް ޔާރުނޫން  13571
     ހިތްމިނޭދޭ ފުން އަރާމެއް ލޯބިނޫން، ލޯބިނޫން
        މޭގާވި ކުރެހިފަ ނަލަތި މޫނު، ޖާދޫވި ނަޒަރޭ ލޮލުގެ ތޫނު
           ހިއްމިނޭދޭ މިންވަރެއްވެސް ލޯބިނޫން ލޯބިނޫން              
               ބޭނުން ނިކަން ހާސިލް ކުރަން ޔާރާ2

ލޯމެރޭ ހިނދުގާ ކައިރިން ފެނެއޭ ސާފުމޫރިތި މޫނެއް ޒުވާން  13572
  ގައިމެ ހީވޭ ނަލަ ހަނދެންހެން ނެން މިސާލެއް ފަރިކަން އެވާ
    ބީހިލާ ހިތްވޭ ސިއްރު ސިއްރުން، ތެޅިފޮޅޭތީ ހިއްކެތްނުވާ
      ފާޅުކޮށްދޭ ފުން ތިދެލޮލުން، ލޯބިވާކަން ތެދެކޭ ހުވާ
         ނޭދެން ކިއާކަށް ނަންތިނޫން، ނޭދެން ދުށުންމޫނެއް ތިނޫން
           ނޭދެޔޭ ހިތް ހިނދުކޮޅެއްވެސް ލޯބިނޫން
             ބޭނުން މިހިން ލޯބިން ނިކަން ހާސިލް ކުރަން ޔާރާ
ހުނނނނ
 ހަނދުމަވޭ ހުރިހާ ވަގުތު ތަކުގާ ހާދަހާ ޔާރާ ލޯބިވޭ   13573 
   ތެދެކެ މިތުރާ ހާލަކީމީ ހިތްމި ތިޔަ ލޯތްބައް އާދަވޭ
     އެދި މިހިތްވޭ ވިންދާ ފުރާނައިން، ދުނިޔެއިން ޔާރާ ހާއްސަވޭ
ހިތުގެ އުއްމީދޭ ކަލާތީ، ތިޔަ އެހީއަށް އެދިގެން ރޮވޭ
   ލޯތްބެއް މަނޭދެން ޔާރުނޫން، ނޭދެން ހަޔާތެއް ޔާރުނޫން.
      ނޭދޭމި ދިރުމެއް ލާމިނޭވާ ލޯބިނޫން. ލޯބިނޫން.
         ނޭދެން އުފާއަދު ޔާރުނޫން، ފިނި ޝިފާއެއް ޔާރުނޫން
            ހިތްމިނޭދޭ ފުން އަރާމެއް ލޯބިނޫން، ލޯބިނޫން
                ބޭނުން ނިކަން ހާސިލް ކުރަން ޔާރާ.